މިއީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައި، އެފަރާތްތަކަށާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި، އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޞިއްޙީ ވުޒާރާއާއި، މި ވުޒާރާގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

އުމުރުން ދުވަސްވުމާއެކު ދިމާވާ އެކި ބަލިތަކާއި، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ބަލިމީހުން ބެލެހެއްޓުމުގައި އާއިލާގެ ފަރާތުން ބޭނުންވާ ސަމާލުކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް "އުފާވެރި ރާސްތާ" އަދި "ރަންވޭލާ" ނަމުގައި ހިންގޭ ޕްރޮގްރާމްތަކެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެއެވެ.

2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x