Ministry of Social and Family Development Logo

ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް

އުފާވެރި ރާސްތާ

މި ޕްރޮގްރާމަކީ އިސްރަށްވެހިން ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަންމަތީގައި އުމުރުގެ ދުވަސްތައް ހޭދަކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމާއި، އިސްރަށްވެހިން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް، މުޖްތަމަޢުގެ އެހެން ފަރާތްތަކާ އުމުރުންދުވަސްވީ މީހުން އެއްކޮށް އެއްވެލާ  އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތު ހޯދައިދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އަދި އެފަރާތްތަކުގެ ތަޖުރިބާތަކާއި ޚިޔާލުތައް އެހެންފަރާތްތަކާ ހިއްސާކުރުމަށް ހޯދައިދެވޭ އަގުހުރި ފުރުސަތެއްވެސްމެއެވެ.

Decorative Image

ރަންވޭލާ

ފަސްމަންޒަރަށް ބަލާއިރު، ދިވެހި އާބާދީ ބަދަލުވަމުންދަނީ އިސްރަށްވެހިން ގިނަ އާބާދީއަކަށެވެ. ވުމާއެކު މި ޕްރޮގްރާމަކީ އަބުރުވެރިކަމާއެކު ދުޅަހެޔޮ ދޮށީ އުމުރަކަށް ދިވެހި އާބާދީ ވާސިލުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެކިއެކި އިދާރާތަކާއި އަދި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކޮށް، އެފަރާތްތަކަށް މި މަޤްޞަދު ހާސިލުކުރުމަށް މަސައްކަތް ކުރުމަށް ބޭނުންވާނޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތައް ޝާމިލުވާގޮތަށް މުޖުތަމަޢުގެ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

Decorative Image
Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x