Ministry of Social and Family Development Logo

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް

Decorative Image

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަކީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރިކުރުމަށާއި، އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ހިމާޔަތްކުރުމަށްޓަކައި ޚާއްޞަވެގެން މަސައްކަތްކުރުމަށް 01 މާރިޗު 2020 ވަނަ ދުވަހު ގާއިމްކުރެވިފައިވާ އިދާރާއެކެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތައް

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) އިން  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.

  1. އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
  2. އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށް، ކުރިއެރުވުން.
  3. ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން.
  4. ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
    1. ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް.
    2. ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ޚިދުމަތް.
    3. ޤާނޫނީ އެހީތެރިކަން.
    4. ރީހެބިލިޓޭޝަންގެ ޚިދުމަތް.
  5. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންތ ނޭޝަަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން.
  6. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާ ގުޅޭގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޢަމަލީގޮތުން ކުރުން.
  7. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން.
  8. ދައުލަތުގެ ބެލުމުގެ ދަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާ ގުޅޭގޮތުން އެކި ދާއިރާ ތަކުގެމެދުގައި އެއްބާރުލުން ގާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތްތައް ވިލަރެސްކުރުން.
  9. ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް އެހީ ނުވަތަ ޚިދުމަތްތްތައް ފޯރުށްދިނުން.
  10. އަންނަނިވި ކަންކަމާގުޅޭ މަޢުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން: 1. ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު. 2. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މަޢުލޫމާތު. 3. ފޮސްޓަރކުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މަޢުލޫމާތު. 4. ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މަޢުލޫމާތު. 5. ކުޑަކުދިންގެ ޙައްޤުތައްކާތެރިކުރުމަށްމަށްމަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ މަޢުލޫމާތު. 6. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ އެނޫންވެސް މަޢުލޫމާތު.
  11. ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން.
  12. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ރާވައި، ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެއްކުރުމާއި އާންމުކުރުން. މިގޮތުން ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަހައްދުތަކާއި، އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބުތައް އެއްކޮށް، އާންމުކުރުން.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x