ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް 19 އަތޮޅުގައި ވަނީ ގާއިމްކުރެވިފައެވެ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ގާއިމްކުރެވިފައިވަނީ ޚާއްސަ ރާއްކާތެރިކަން ބޭނުންވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ އަންހެނުންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން އެފް.ސީ.އެސް.ސީއަށް ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މިނިސްޓްރީގެ ގުޅުން ހުރި ފަރާތްތަކާއި ކޯޑިނޭޓްކޮށް މަސައްކަތް ކުރެއެވެ.
އިޖްތިމާޢީ މައްސަލަތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން އިޖުތިމާޢީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ވުޒާރާގެ މެންޑޭޓްގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އިސްކަންދެއެވެ.
ރާއްޖޭގެ 19 އަތޮޅުގައި މި ވުޒާރާގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައިވާ އިދާރާތައް ދެ ބާވަތަކަށް ބެހިގެންވެއެވެ:
ހއ، ށ، ނ، ބ، ފ، ދ، ލ، އަދި ޏ އަތޮޅުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކަކީ:
ހދ، ތ، އަދި ގދ އަތޮޅުގައި ޤާއިމުކޮށްފައިވާ ސެންޓަރުތަކަކީ:
ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތައް ޤާއިމުކުރެވިފައިވާ ތަންތަން
ހއ. ދިއްދޫ
ހދ. ކުޅުދުއްފުށި
ށ. ފުނަދޫ
ނ. މަނަދޫ
ރ. ދުވާފަރު
ބ. އޭދަފުށި
ޅ. ނައިފަރު
އއ. ރަސްދޫ
އދ. މަހިބަދޫ
ވ. ފުލިދޫ
މ. މުލަކު
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ތ. ވޭމަންޑޫ
ލ. ފޮނަދޫ
ގއ. ވިލިނގިލި
ގދ. ތިނަދޫ
ޏ. ފުވައްމުލައް
ސ. ހިތަދޫ
2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x