Ministry of Social and Family Development Logo

ހަމަހަމަކަން ކަށަވަރު

"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޒާމެކެވެ. މި ނިޝާނުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި މައުނަވީ ގޮތެއްގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ އާންމު އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭގޮތަށް ހުރިހާ އިދާރާއަކުން މަސައްކަތްކުރުމަށް ބާރުއެޅުމެވެ. އެގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދެވިގެންދާނެއެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x