Ministry of Social and Family Development Logo

ފަށާ މަދަދު ލޯން ސްކީމް

ލޯނު ސްކީމްގެ ތަޢާރަފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށްޓަކައި 100 މިލިއަން ރުފިޔާގެ ޚާއްޞަ ލޯނު އަދި ލީސިންގ ފައިނޭންސް ފެސިލިޓީއެއް ތަޢާރަފުކުރައްވާފައެވެ. މިއީ 5 އަހަރު ދުވަހަށް ބަހާލައިގެން އެސް.ޑީ.އެފް.ސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ލޯނެކެވެ.

"ފަށާ މަދަދު" ލޯނަކީ، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި އިޖުތިމަޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެކުލަވާލެވުނު ލޯނެކެވެ.

ލޯނުގެ މަޤްޞަދު

މި ލޯނުގެ މަޤުޞަދަކީ:

  • ކޮންވެންޝަނަލް ބޭންކިންގ ސިސްޓަމްތަކުން ބާކީވެފައިވާ އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދި އަދި މެދުފަންތީގެ އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން އަލަށް ފަށާ ވިޔަފާރިތަކަށާއި، މިހާރު ކުރަމުންދާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

ލޯނުގެ މައިގަނޑު ޝަރުޠުތައް

ތަފްޞީލް

  • އެންމެ މަތީ އަދަދު: 500,000 ރުފިޔާ
  • އިންޓްރެސްޓް ރޭޓް: އަހަރަކު 6%
  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު: ގިނަވެގެން 7 އަހަރު (ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 12 މަސްދުވަސް ހިމެނޭގޮތަށް)
  • ރަހުނު: ރަހުނު ހުށަހަޅަން ނުޖެހޭ

ލޯނު އަމާޒުކުރެވިފައިވާ ފަރާތްތައް

މި ލޯނު އަމާޒުކުރެވިފައިވަނީ:

  • އަލަށް ފަށާ ވިޔަފާރިތަކަށް
  • ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށް

ފުރަތަމަ ފިޔަވަހީގައި ލޯނު ދޫކުރެވޭ ދާއިރާތައް

ފަށާ މަދަދު ލޯނުގެ ފުރަތަމަ ފިޔަވަހީގައި ހުރިހާ ދާއިރާއަކަށް ލޯނު ލިބޭނެއެވެ. ނަމަވެސް، އަލަށް ފަށާ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި އަންނަނިވި ހަރަކާތްތައް އިސްތިސްނާވާނެއެވެ:

  • ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް
  • ކެފޭ އަދި ރެސްޓޯރަންޓް ވިޔަފާރިތައް
  • ކޭޓަރިން ޚިދުމަތްދޭ ވިޔަފާރީތައް
  • ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވިޔަފާރިތައް
  • މާލޭ ސަރަހައްދުގައި އަލަށް ފަށާ ތެލުގެ ވިޔަފާރިތައް

ދެވަނަ ފިޔަވަހި އަދި އިތުރު ފިޔަވަހިތައް

ދެވަނަ އަދި އިތުރު ފިޔަވަހިތަކަށް ކޮންމެ އަހަރަކުވެސް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އިޢުލާން ކުރާނެއެވެ. އިޢުލާން ކުރުމުން އެސް.ޑީ.އެފް.ސީ ވެބްސައިޓް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭނެއެވެ: https://sdfc.mv/

ލޯނުގެ ފައިދާތައް

މި ލޯނަކީ އަންހެނުންގެ ވިޔަފާރިތަކަށް ދެވޭ މުހިންމު އަދި ބާރުވެރިކަން ހޯދައިދޭ އެހީތެރިކަމެކެވެ. މީގެ ސަބަބުން:

  • އަންހެނުންގެ ވިޔަފާރިތަކަށް އުޖާލާ މުސްތަޤުބަލަކަށް މަގުފަހިވެގެންދާނެއެވެ
  • ވިޔަފާރި ހިންގުމުގައި އާ އުކުޅުތަކާއި ހުނަރުތައް ބޭނުންކޮށްގެން، އަންހެނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ ދިވެހި ބްރޭންޑްތައް އިތުރުވެގެންދާނެއެވެ
  • އިޤްތިޞާދީ ނަޒަރަކުން ބަލާއިރުވެސް މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އާލާކުރުމަށް ދިވެހިރާއްޖޭގައި އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ
Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x