Ministry of Social and Family Development Logo

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމަށް ގެންދެވޭ ޕްރޮގްރާމްތައް

Decorative Image

---

ޖޮބް ރެޑިނެސް ޕްރޮގްރާމް

  • މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ތައްޔާރީތައް ވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީއިން ހިންގާ ޕްރޮގްރާމެކެވެ.
  • މި ޕްރޮގްރާމްއަކީ 06 މަސް ދުވަހަށް ރާވާލެވިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިހާތަނަށް މި ޕްރޮގްރާމް 12 ފަރާތަކުންވަނީ ކާމިޔާބުކަމާއެކީ ފުރިހަމަކޮށްފައިއެވެ.
  • ހަފްތާއަކު 4 ދުވަހު ، ދުވާލަކު 2 ގަޑިއިރާއި 45 މިނިޓަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި މައިގަނޑު 05 މޮޑިއުލްއެއްގެ ދަށުން (އިންޑިޕެންޑެންޓް ލައިފް ސްކިލްސް، ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ، އިންފޯރމަލް އެޑިއުކޭޝަން، ލައިފް ސްކިލްސް، ޖޮބް-ރެޑިނަސް ސްކިލްސް)  ތަމްރީން ދެވިފައިވެއެވެ.  މި ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަކީ މިނިސްޓްރީގެ ވިސްނުމެކެވެ.

ހުނަރު ތަރައްޤީ ކުރުމަށް ގެންދެވުނު ޕްރޮގްރާމްތައް

2024 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ 38 ފަރާތަކަށް ވަނީ ސެޓްފިކެޓް ލެވެލް 3 ގެ ދެ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ހޯދައިދެވިފައެވެ. މިގޮތުން އިލެކްޓްރިކް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސްއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ނުކުޅެދުންތެރިކަން ހުންނަ 20 (ފިރިހެން) މީހުންނަށް ވަނީ އޯގަސްޓް މަހުގައި ފަށާފައިއެވެ. އަދި ކޭކް ޑެކޮރޭޝަންއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ނުކުޅެދުންތެރިކަން ހުންނަ 18 މީހުންނަށް (އަންހެން) ވަނީ ނޮވެމްބަރު މަހުގައި ފަށާފައިފައެވެ. މިކޯސްތަކުގައި މައިގަނޑުގޮތެއްގައި ބައިވެރިވެފައިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. މިފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައިން ލެންގުއޭޖް އިންޓަރޕްރިޓާސް މި ކޯހުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. 

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢާމަލާތްކުރުމުގައި ދިމާވާ ގޮންޖެހުންތައް މަދުކުރުމުގެ ގޮތުން 'ސައިން ލެންގުއެޖް އިންޓަރޕްރިޓޭޝަން' ތަމްރީންތައް

ސަރުކާރުގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮންލައިން ސައިން ލެންގުއެޖް ތަމްރީން ޕްރޮގްރާމް

  • މިއީ ސަރުކާރުން ފޯރުކޮށްދެވޭ ހުރިހާ ޚިދުމަތަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާއިނުލާ ލިބިދެވޭ ޚިދުމަތްތަކަކަށް ހެދުމުގެ ގޮތުން، މިނިސްޓްރީއިން ކުރެވިފައިވާ މަސައްކަތެކެވެ.
  • މިގޮތުން، ސައިން ލެންގުއެޖް އޮންލައިން ކޯހެއް ފަރުމާކޮށް، ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވާ ފަރާތްތަކަށް މި އޮންލައިން ބޭސިކް ކޯސް ފުރިހަމަކުރުމަށްވަނީ ފުރުޞަތުދެވިފައެވެ.
  • މި ކޯހުގައި މިހާތަނަށް 100 އަށްވުރެ ގިނަ ފަރާތަކުންވަނީ ބައިވެރިވެފައެވެ.

ސައިން ލެންގުއެޖް ކޯސް ތަޢާރަފްކުރުން

  • އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުޢާމަލާތްކުރުމުގައި މެދުވެރިވާ ހުރަސްތައް މަދުކުރުމުގެ ގޮތުން މިނިސްޓްރީގެ އިސްނެގުމުގެ މަތީން ފަރުމާކުރާ ސައިން ލެންގުއެޖް ކޯހުގެ މޮޑިއުލްތައް ފުރިހަމަކޮށް 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޯސް އެޕްރޫވް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭނެއެވެ.
  • މިއީ ސެޓްފިކެޓް ލެވެލް 03 ގެ ކޯހެކެވެ.
  • މި ކޯހުގެ މޮޑިއުލްތައް ފަރުމާކުރުމުގައި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އިޢުލާންކުރުމަށް ހުޅުވާލެވި، އަދި ކޯހަކީ އެމް.ކިއު.އޭ އެޕްރޫވްޑް ކޯހަކަށް ހެދުމަށް ކޯސް މެއި މަހުގެ ތެރޭގައި އެމް.ކިއު.އޭއަށް ހުށަހެޅިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގައި އަހުލުވެރިވާންވީ ކަންކަމާއި ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގުން

ޤާނޫނު ނަމްބަރު 10/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގައި، މަސައްކަތު މާހައުލުގައި ތަފާތުނުކުރުމާއި، ހަމަހަމަ ފުރުޞަތު ލިއްބައިދިނުމުގެ ހައްޤު ކޮންމެ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ލިބިގެންވާކަން ބަޔާންކުރެއެވެ. އަދި ހަމަ އެހެންމެ، ޤަވާއިދު ނަމްބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރާ ފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ތަންތަނަކީ ޝާމިލުކުރަނިވި ތަންތަނަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ވަނީ ހިންގާފައެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x