---
ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން
- މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ދިމާވަމުންދާ ގިނަ ގޮންޖެހުންތަކަށް އެދެވިގެންވާ ހައްލުތަކެއް ހޯދާ، އެ ފަރާތްތަކަށް މުޖުތަމަޢުއިން ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޝާމިލުކުރުމުގެ ގޮތުން ތަންފީޒުކުރާނެ ކަންކަން ހިމެނޭހެން 05 އަހަރު ދުވަހުގެ މުއްދަތަކަށް ރާވާލެވިފައިވާ މަގުޗާޓެކެވެ.
- މި އެކްޝަން ޕްލޭން އެކުލަވާލައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ރަމްޒުކޮށްދޭ ޖަމުޢިއްޔާތަކާއި، ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެންނެވެ.
- 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ އެކި ތަންތަނާއި ބައްދަލުކޮށް، އެކްޝަން ޕްލޭނަށް ކޮމެންޓް ހޯދުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.
- މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މައި ވުޒާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ހިމެނެއެވެ.
- 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 އަދި 16 ވީ ދެދުވަހު ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕްވަނީ ބޭއްވިފައެވެ. މި ވޯކްޝޮޕްގައި 60 ސްޓޭކްހޯލްޑަރސްވަނީ ބައިވެރިވެފައެވެ.
- އެކްޝަން ޕްލޭންގެ އެކްސެސިބަލް ވަރޝަންސްތައް ފަރުމާކޮށް، އެކްޝަން ޕްލޭންއާއި ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުންނެވެ.
- އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހިނގަމުންދާ މިންވަރު ނުވަތަ ތަންފީޒުވަމުންދާ މިންވަރު ބަލާ، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން ސްޓީއަރިންގ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. މި ކޮމިޓީގައި ތިއްބަވާނީ، އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި އިސްސަފުގައި ހަރަކާތްތެރިވާނެ ސަރުކާރުގެ އެކި ވުޒާރާތަކާއި މުޢައްސަސާތަކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދާދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު (2024/R-9) ގެ ދަށުން އެކުލަވާލެވޭ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތްތައް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކުލަވާލެވޭ 03 މިންގަނޑަކަށް 17 އޭޕްރީލް 2025 ގައި ބޭއްވުނު ވޯކްޝޮޕްގައި ވަނީ ކޮމެންޓް ކުރެވިފައެވެ. އަދި މި މިންގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.
މިންގަޑުތައް ތައްޔާރުކުރެވިފައިވާ ދާއިރާތައް:
- ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑުތައް
- ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑު
- ވަޒީފާއަށް މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު
- ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑު