Ministry of Social and Family Development Logo

ވިޔަނުދިނުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ އެކި ޚިދުމަތްތައް ވާޞިލްވުމުގައި މެދުވެރިވާ ޖިސްމާނީ ހުރަސްތައް މަދުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ފަރާތްތަކަށް ބޭނުންވާ ގިނަ ޚިދުމަތްތަކަށް އެދުމުގައި މެދުވެރިވާ ހުރަސްތަކެވެ. މިގޮތުން، އިމާރާތްތަކަށް ވަދެ ނުކުތުމުގެ އިންތިޒާމްތައް ހަމަޖެހިފައިނެތުމާއި، އާންމުކުރެވޭ ގިނަ މަޢުލޫމާތުތައް އެ ފަރާތްތަކަށް އެކްސެސިބަލް ފަދަ ގޮތަކަށް ލިބިގެން ނުދާކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތަކާއި ވަޞީލަތްތަކަށް ވާޞިލްވުމުގެ ހަމަހަމަ ފުރުޞަތު ލިބިދިނުމަށް އަހަންމިއްޔަތުކަން ދެވެމުންދާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގައިވެސް މިފަދަ ހުރަސްތައް ނައްތާލުމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެކެވެ.

މިހެންކަމުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާފަދަ މުޖުތަމަޢުއަކަށް ވާޞިލްވުމުގައި، މިފަދަ ހުރަސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ބޭނުންވެއެވެ. މީގެތެރޭގައި ސަރުކާރުގެ އިމާރާތްތަކުގައި ރެމްޕްތައް ޤާއިމްކުރުމާއި، ލިފްޓްތައް ބެހެއްޓުމާއި، ވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާޚާނާގެ އިންތިޒާމްތައް ހަމަޖެއްސުން ފަދަ ތަފާތު ގިނަ މަސައްކަތްތަކެއް ރޭވިފައިވެއެވެ. އަދި މީގެއިތުރުން ސަރުކާރުގެ ނިންމުންތަކާއި ލިޔެކިޔުންތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ގޮތްތައް ޤާއިމްކުރުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކޮންސަލްޓެންސީގެ ދަށުންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާ މިންވަރަކުން ގުޅުންހުރި މަޢުލޫމާތުތައް ޓީމާއި ޙިއްސާކުރެވެމުންދާނެއެވެ. މި ކޮންސަލްޓެންސީގެ ދަށުން ފުރަތަމަ މަރުޙަލާގައި ކުރެވޭނީ މިހާރު ހުރި ހުރަސްތައް ދެނެގަތުމުގެ ދިރާސާތަކެވެ. އޭގެފަހުގައި، ދެވަނަ މަރުޙަލާގައި ކުރެވޭނީ މި ހުރަސްތައް ނައްތާލުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމެވެ. ތިންވަނަ މަރުޙަލާގައި ކުރެވޭނީ މި ރިޕޯޓްގައި ހިމެނޭ ހުށަހެޅުންތައް ތަންފީޒުކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ. މިހުރިހާ މަސައްކަތެއްވެސް ކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާބެހޭ ޤާނޫނާއި ގުޅުންހުރި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ރިޢާޔަތްކުރެވިގެންދާނެއެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x