Ministry of Social and Family Development Logo

ޢާއިލާތައް ބާރުވެރިކުރުވުން

Decorative Image

ޢާއިލީ މައްސަލަތައް މަދު އަދި ބަދަހި ގުޅުންތަކެއް އޮތް ޢާއިލާތަކެއް އެކުލެވޭ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންގެ ފަންނީ ގާބލްކަން އިތުރުކުރުމާއި، މީޑިއާ މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމާއި، ތަފާތު މައުލޫމާތާއި މެސެޖު ހިމެނޭ ޕްރިންޓް، އޯޑިއޯ އަދި ވީޑިއޯ މެޓީރިއަލްސް ތައްޔާރުކުރުމާއި އަދި ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ފެސްޓިވަލް ނުވަތަ ފެއަރ ފަދަ ހަރަކާތްތައް ހިމެނެއެވެ.

ހޭލުންތެރިކަން އިތުރުކުރެވޭ ދާއިރާތައް

ޢާއިލީ ގުޅުން ބަދަހިކުރުން

ބަދަހި ގުޅުންތަކެއް އޮތް ޢާއިލާތަކެއްގެ މައްޗަށް އެކުލެވޭ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މި މިނިސްޓްރީގެ ފަރާތުން އެކި ހަރަކާތްތައް ކުރިއަށްގެންދެވެއެވެ. މިގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ޢާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވެއެވެ.   

ގެވެށި އަނިޔާއިން ރައްކާތެރިވުން

ޢާއިލީ ހަމަޖެހުމަށް އެންމެ ބޮޑު ހުރަހެއް އެޅޭ އެއް މައްސަލައަކީ ގެވެށި އަނިޔާ ކަމަށްވުމާއެކު ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަކީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. މިގޮތުން ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވެއެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x