Ministry of Social and Family Development Logo
Ministry staff from haalu kihineh program talking to an elderly man on the road

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކުރުމަށްޓަކައި، ރައްޔިތުން ގާތަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމް ދ. އަތޮޅު ރަށްތަކުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން، ދ. ކުޑަހުވަދޫ، ހުޅުދެލި، ރިނބިދޫ، ބަނޑިދޫ، މީދޫ އަދި މާއެނބޫދޫގައި މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.

'ހާލު ކިހިނެއް؟' ޕްރޮގްރާމް މި ރަށްތަކުގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވަނީ ކައުންސިލްތަކާއި ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން، ކައުންސިލްތަކުން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ހަމައެހެންމެ، ދ. އަތޮޅުގައި ކުރިއަށް ގެންދެވުނު 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން އެ ރަށްރަށުގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ. މި ޕްރޮގްރާމު ދ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

‏އިޖުތިމާޢީ އަދި  ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x