Ministry of Social and Family Development Logo
4 elderly women sitting holding goodie bags and smiling

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފ. މަގޫދޫ އަދި ދަރަބޫދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލް ބަދަލް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.

ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.

އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ފ.ނިލަންދޫގައި ވެސް ބާއްވާފައެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x